Archives    Print    Email

ހުޅުމާލޭ ފެރީއަކާއި ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 8 މީހަކާއި 3 ކުއްޖަކަށް އެކިވަރުގެ އަނިޔާތަކެއްވެއްޖެ

ހުޅުމާލެއިން މާލެއަށް ދަތުރުކުރަމުން ދިޔަ ފެރީއަކާއި ހުޅެލެއަށް ދިއުމަށް ދިޔަ ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި 8 މީހަކާއި 3 ކުއްޖަކަށް އެކިވަރުގެ އަނިޔާތަކެއްވެއްޖެއެވެ. މިއަދު މެންދުރު ގާތްގަނޑަކަށް 12:00 ހާއިރު މާލެކައިރީގައި އޮންނަ ފުނަދޫ ބޭރުން ހިނގި މިއެކްސިޑެންޓްގައި އަނިޔާވި މީހުންނަށް ފަރުވާދިނުމަށްޓަކައި މިހާރުވަނީ މާލެގެނެސްފައެވެ.

މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓްވި ލޯންޗަކީ ރަންނާޅި ރިސޯޓުން ފަތުރުވެރިންތަކެއް ގޮވައިގެން ހުޅުލެއަށް ދިއުމަށް ދިޔަ ލޯންޗެކެވެ.

މެރިން ޕޮލިސްއިން މިހާރު ގެންދަނީ މިއެކްސިޑެންޓް އިތުރަށް ތަހްޤީޤްކުރަމުންނެވެ.

 

[ 08 February 2010 ]
16 + 7 =