Archives    Print    Email

ރ. މަޑުއްވަރީގައި ގޭސްލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ވަރަށް ބޮޑަށް ފިހިއްޖެ


ރ. މަޑުއްވަރީގައި ގޭސް ލީކުވެގެން ހިނގި އަލިފާނުގެ ހާދިސާއެއްގައި ޢުމުރުން ދުވަސްވީ ފިރިހެނަކު ވަރަށް ބޮޑަށް ފިހިއްޖެއެވެ. މިއަދު މެންދުރު ގާތްގަނޑަކަށް 2:30 ހާއިރު މިހާދިސާ ހިނގާފައިވަނީ އޭނާ ގޭސް އުނދުނުން އެއްޗެއް ކައްކަން އުޅުމުގެ ތެރޭގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާދިސާގައި އޭނާގެ ހަށިގަނޑުން 90 އިންސައްތަ ފިހިފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި އޭނާއަށް މިހާރު ގެންދަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައި.ސީ.ޔޫ އިން ފަރުވާދެމުންނެވެ.

[ 08 February 2010 ]
8 + 20 =