ފޯމެކްސް ފިހާރައިން ވައްކަންކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ފޯމެކްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން އެފިހާރައިން ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިގޮތުން ރޭފަތިހު 4:30 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ވަނީ މ.ޑައިލްކޮމްޕްލެކްސް ގައި ދިރިއުޅޭ ގއ.ވިލިނގިލީ ލިފަދޫ ޢަލީ ލަޠީފް (19 އ.) އެވެ.
މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ފޯމެކްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ފިހާރަތެރެއަށް ވަދެ އެތަނުގައި ހުރި އަގުބޮޑެތި ލެޕަޓޮޕްތަކަކާއި ޑެސްކްޓޮޕްތަކެއް އަދި ޕެންޑްރައިވްތަކެއް ވަގަށްގެންދަން މަސައްކަތް ކުރަމުން ދިޔަކަމަށް ތުހުމަތު ކުރެވިގެންނެވެ.
މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އެވަގުތު އެސަރަހައްދު ޕެޓްރޯލްކުރަމުންދިޔަ މާފަންނު ޕޮލިސްގެ ފުލުހުންނަށް އެމަންޒަރު ފެނިގެންނެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އިތުރަށް ތަޙްޤީޤް ކުރަމުންނެވެ.


