Archives    Print    Email

ނޫސް ބަޔާން


މިހާރަކަށް އައިސް ބައެއް ފަރާތްތަކުން އޮން ލައިން ނޫސްތަކާ ބްލޮގް ތަކުގައި އަނިޔާވެރިކަމާ ކުށްކުރުމަށް ހިތްވަރުދީ ލިޔުންތައް ޝާޢިއު ކުރަމުންދާކަން އަންނަނީ ފާހަގަ ކުރެވެމުންނެވެ. މިފަދަ ލިޔުންތަކުގައި އިސްލާމް ދީނުގެ އަސްލުތަކާ ޚިލާފް ވާހަކަތަކާ ދީނަށް ފުރައްސާރަކޮށް ލިޔުންތައް ލިޔުމާއި މީސް މީހުންގެ މުދަލާ ފުރާނައަށް ގެއްލުން ދިނުމަށް ގޮވާލުމާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަތަކާ ޚިޔާލުތަށް ކުރިއަރުވައި ފަތުރަމުންދާކަން ފާހަގަކުރެވެއެވެ. އެގިވަޑައިގަންނަވާނެ ފަދައިން މީހުން މެރުމަށް ގޮވާލުމާއި ކުށްކުރުމަށް މީހުންނަށް ހިތްވަރުދީ ނުވަތަ ގާނޫނާއި ގަވާއިދާއި ޚިލާފް އަމަލުތައް ހިންގުމަށް މީސްމީހުންނަށް ގޮވާލާ ލިޔުންތަކާ ބަޔާންތައް ނެރެމުން ދިއުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި ގައުމުގެ އަމަން އަމާންކަމާ ސުލްހަ މަސަލަސްކަމަށް އަސަރުކުރާނެކަންކަމެވެ. ވީމާ އެއްވެސް ފަރާތަކުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުން ކުރުމުގެ ނަމުގައި އަނިޔާވެރިކަމާ ކުށްކުރުމަށް ހިތްވަރު ނުދިނުމަށާއި މިފަދަ ލިޔުންތައް ނޫސް މަޖައްލާތަކާއި ބްލޮގްތަކުގައި ޝާޢިއު ނުކުރުމަށް އިލްތިމާސް ކުރަމެވެ.

އަދި އޮންލައިން ނޫސްތަކާ ބްލޮގްތަކުގެ ބޭނުންކޮށްގެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފް ލިޔުންތަކާއި އިސްލާމްދީނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ލިޔުންތައް ޝާޢިއުކުރަމުންދާ ފަރާތްތަކާއި، އާންމު ރައްޔިތުންނަށް ބިރުދައްކާ އިންޒާރުދީ، އަނިޔާވެރިވުމަށާއި ކުށްކުރުމަށް ގޮވާލާ ލިޔުންތައް ޝާޢިއު ކުރަމުންދާ ފަރާތްތައް ހޯދާ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު މިސަރވިސްއިން އަޅަމުންދާނެ ވާހަކަ ދެންނެވީމެވެ.

[ 15 March 2010 ]
11 + 16 =