ތޫނުއެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މީހަކު އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ
ތޫނުއެއްޗަކުން ހަމަލަދިނުމުގެ ސަބަބުން ޒަޚަމްވި 34 އަހަރުގެ ފިރިހެނަކުު އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މިހާދިސާ ހިނގިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 3:30 ހާއިރުއެވެ. އަދި އޭނާ މަރުވެފައިވަނީ އޭ.ޑީ.ކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު 4:30 ހާއިރުއެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާއަށް ހަމަލަދީފައިވަނީ ހެންވޭރުގެ ގެއެއްގެ ތެރޭގައި ހުއްޓައެވެ. އަދި މިމައްސަލައިގައި ތުހުމަތުކުރެވޭ އަންހެނަކު ވަނީ އަމިއްލައަށް ފުލުހުންގެ ބެލުމުގެ ދަށަށް އައިސްފައެވެ.
މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާރޓްމަންޓުން މިހާރު ދަނީ ތަހްޤީޤްކުރަމުންނެވެ.


