Archives    Print    Email

ޕޮލިހާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕްރޭޝަނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދީފި

މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕްރޭޝަނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބާއްވާއިފިއެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑް ބިލްޑިންގގައި މިރޭ ބޭއްވި ނޫސްކޮންފްރެންސްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ މި އޮޕަރޭޝަން ފެށިފަހުން މާލޭގައި ކުށްކުރާ ނިސްބަތް ކޮންމެވެސް ވަރަކަށް ތިރިވެފައި ވީނަމަވެސް ހަމަނުޖެހުން ހިންގަން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ޕޮލިހަށް ލިބޭ މައުލޫމާތުގެ މައްޗަށް ބަލާ މި އޮޕަރޭޝަން މެދުކަނޑާނުލާ ކުރިއަށްގެންދާގޮތައް ހަމަޖެހިފައިވާކަމަށްވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

[ 22 July 2010 ]
4 + 15 =