ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް 4 ފުރިހަކުރެއްވި ފުލުހުންނަށް ސެޓްފިކެޓް ދީފި

ފޮރެންސިކް ޑިޕާރޓްމަންޓާއި ޕޮލިސް އެކަޑަމީ ގުޅިގެން އއ.ރަސްދޫގައި ކުރިއަށް ގެންދިޔަ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް 4 ފުރިހަމަކުރެއްވި ފުލުހުންނަށް ސެޓްފިކެޓް ދީފިއެވެ. މިއަދު ހެނދުނު އއ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި މިރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓްފިކެޓް ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހުމާން މެދުއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރގެ ނައިބު އަލްފާޟިލް އިބްރާހިމް ރަޝީދު އެވެ.
މިއަހަރުގެ އޭޕްރިލް މަހުގެ 26 ން ޖުލައި 25 ށް ކުރިއަށް ގެންދިޔަ މިކޯހުން އެއްވަނަ ހާސިލްކުރީ ޕޮލިސް ލާންސް ކޯޕްރަލް މުހައްމަދު އަހްމަދު އެވެ.
މިކޯސް ނިމުން ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ރީޖަނަލް ޕޮލިސިންގ ޑައިރެކްޓްރޭޓް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ސަޢުދީ އާއި ޕޮލިސް އެކަޑަމީގެ ޕްރިންސިޕަލް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ޢަބްދުއްރަޙްމާން އާއި ހެޑް އޮފް ފޮރެންސިކް ޑިޕާރޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އާދަމް އާއި ޑެޕިއުޓީ ހެޑް އޮފް ފޮރެންސިކް ޑިޕާރޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އަޙްމަދު ބައިވެރިވެލެއްވިއެވެ.
މިކޯހަކީ ރާއްޖޭގޭ ސަރަހައްދުތަކަށް ފޮރެންސިކްގެ ޚިދުމަތް ފުޅާކުރުމުގެ މަޤްޞަދުގައި ފޮރެންސިކް ޑިޕާރޓްމަންޓާއި ޕޮލިސް އެކަޑަމީ ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ ކޯހެވެ.


