Archives    Print    Email

ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑަރަން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ރަސްމީކޮށް ހުޅުއްވައިދެއްވައިފި

ދިވެހި ރާއްޖޭގެ 45 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން ފޭދޫފިނޮޅުގައި ހުންނަ ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑަރަން ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަބަލުން ލައިލާ އަލީ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މިއަދު ހެނދުނު މިސެންޓަރު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަޒްއާއި އެމިނިސްޓްރީއާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ފަސީހު އާއި ގިނަޢަދަދެއްގެ ކޮމިޝަންޑް އޮފިސަރުންގެ އިތުރުން މިސެންޓަރުން ހިދުމަތް ހޯއްދަވަމުންދާ ކުދިންގެ ބެލެނިވެރިން ބައިވެރިވެލެއްވިއެވެ.

ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑުރަންގައި ދިވެހި އިސްލާމާއި އަދި އިގްލިޝް މާއްދާތައް ކިޔަވައިދިނުމުގެ އިތުރުން މިިއަަހަރުގެ މިހާތަނަށް އެކުދިންނަށް ތަފާތު ކޯސްތައް ހިންގައިފައިވެއެވެ. އެގޮތުން މޯލްޑިވްސް އެކުރިޑިޓޭޝަން ބޯރޑުގެ މިންގަނޑަށް ފެތޭ ކޮމްޕިއުޓަަަރ ކޯހަކާއި ކުރަހަން ދަސްކޮށްދޭ ކޯހަކާއި އަތްތެރި މަސައްކަތުގެ ހުނަރު ދަސްކޮށްދޭ ކޯހަކާއި އުކާލެވޭ ތެކެތި ބޭނުންކޮށްގެން ތަކެތި ހަނދަން ދަސްކޮށްދޭ ކޯހެއްވެސް މިހާރު އެތާގައި ތިބި ކުދިންނަށް ވަނީ ހިންގަވާފައެވެ.

ކަރެކްޝަނަލް ޓްރެއިނިންގ ސެންޓަރ ފޮރ ޗިލްޑުރަންގައި އުމުރުން 14 އަހަރާއި 17 އަހަރާ ދެމެދުގެ 14 ކުއްޖަކު މިހާރުވެސް ދަނީ ޚިދުމަތް ހޯދަމުންނެވެ.


 

[ 26 July 2010 ]
16 + 5 =