ކުޑަކުދިން ގެއްލިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅޭ މައްސަލަތައް ގިނަވަމުންދާތީ، މިކަމަށް ބެލެނިވެރިންގެ ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް މިސަރވިސްގެ ފަރާތުން އިލްތިމާސް ކުރަމެވެ. މިގޮތަށް ހުށަހެޅޭ ގިނަ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅެނީ ކުއްޖާ ގެއްލިގެން 1 ދުވަސް ނުވަތަ އެއައްވުރެ ގިނަދުވަސްފަހުން ކަމަށްވާތީވެ، މިފަދަ ކުދިން ހޯދުމަށް ކުރަންޖެހޭ މަސައްކަތް އުނދަގޫވެގެންދެއެވެ. … ތަފްސީލް


Drug-News-pic-small-4-WEB

މއ. ގެރެވިގޭގައި ރާ ކެއްކުމާބެހޭ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެގެއަށްގޮސް އެގެ ބަލައި ފާސްކުރިއިރު ގިނަ ޢަދަދެއްގެ ރާފުޅިތަކަކާއި ރާކެއްކުމާބެހޭ ސާމާނާއެކު އެގެއިން ދިވެއްސަކާއި ބިދޭސީ 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ރާ ކެއްކުމުގެ މަސައްކަތް އެގޭގައި ކުރާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން މި ޑިސެމްބަރ 27 … ތަފްސީލް


ހުޅުމާލެ ފެރީ ޓާރމިނަލް ކައިރިން ފަތުރުވެރިއެއްގެ އަތް ދަބަސް ފޭރިގަނެގެން ފިލަންދުވި ދެމީހުންގެ ތެރެއިން އެކަކު ގަލޮޅު ޕޮލިސް ސްޓޭޝަންގެ ފުލުހަކު އެކަނި ސައިކަލުގައި ފަހަތުން ދުއްވާފައިގޮސް ވަރަށް ހުޝިޔާރުކަމާއެކު އޭނާ ހިފަހައްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ޑިސެމްބަރ 27 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 7:15 ހާއިރު ހިނގި މިޙާދިސާގައި ފޭރުނު … ތަފްސީލް


ބަނގުރާ ކަމަށް ބެލެވޭ 48 ދަޅާއި މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ކުޑަ 6 އެތިކޮޅު ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ޢާންމުކޮށް ގްރޫޕްތަކުން ގޮސް އުޅޭ ކަމަށް ބެލެވޭ ސަރަހައްދަކުން ފުލުހުން ހޯދައިފިއެވެ. ހުޅުމާލޭ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ހިނަގި ޙަރަކާތެއްގައި މިތަކެތި ހޯދާފައިވަނީ މި ޑިސެމްބަރ 26 ވަނަދުވަހުގެ ރޭ 23:40 … ތަފްސީލް


News-pic-small-4-WEB

ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޑިސެމްބަރު 26 ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓްތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އައްޑޫ ސިޓީ ސަމްޝުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު … ތަފްސީލް


މިއަދު ފަތިހު 04:40 ހާއިރު ހއ. ފިއްލަދޫ އުޖާލާ ބޯޓު ކ. މާހަލު ބައްތިކައިރިން ފަރަށް އަރައިގެންއުޅޭ ކަމުގެ މަޢުލޫމާތު ލިބުމާއެކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސްގެ ފުލުހުން އެބޯޓު ކައިރިއަށްގޮސް އެބޯޓުން ދަތުރުކުރަމުންދިޔަ މީހުން ސަލާމަތްކޮށް މާލެ ގެނައުމުގެ މަސައްކަތުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. ފިއްލަދޫ ބޯޓު ދަތުރުކުރަމުން ދިޔައީ ހއ. ކެލާއިން ފުރައިގެން … ތަފްސީލް


News-pic-small-4-WEB

މަސްތުވާތަކެތި ކަަމަށް ބެލެވޭ ރަބަރު ޕެކެޓްތަކަކާއެކު އެތަކެތި ގެންގުޅުނުކަމަށް ތުހުމަތު ކުރެވުނު ދެމީހަކު އައްޑޫ ސިޓީގެ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއި ގުޅިގެން އެމީހުން ތިބި ކޮޓަރި ފުލުހުން ބަލައި … ތަފްސީލް


14 years

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ. އެކުއްޖަކީ ދ. ކުޑަހުވަދޫ / އުނިމާގެ، އަމާނަތު ޖަލީލު (14އ) އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ގެއްލިފައިވަނީ ރޭ ފަތިހުން ފެށިގެންނެވެ. މި ކުއްޖާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް … ތަފްސީލް


އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތައް މުޖުތަމަޢުގައި އިތުރުވަމުން ދިއުމާއި ގުޅިގެން މިފަދަ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ރޫޙެއް މުޖުތަމަޢުގައި އުފައްދައި، އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ދިވެހި ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ލަނޑުދަނޑިތަކެއް ކަނޑައަޅައި، މިލަނޑުދަނޑިތައް ޙާޞިލް ކުރުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެކިއޮފީސްތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން، އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާތަކާއި ގުޅޭގޮތުން … ތަފްސީލް


43 ވަނަ ޤައުމީ އަންހެން ވޮލީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 5 ވަނަ ފަހަރަށް އެމުބާރާތުގެ ތަށި ޕޮލިސް ކުލަބުން އުފުލާލައިފިއެވެ. ވޭދިޔަ ދިޔަ 4 އަހަރުގެވެސް ޗެމްޕިއަން ޕޮލިސް ކުލަބު ފައިނަލުގައި ވާދަކޮށް، މުބާރާތުގެ ތަށި އުފުލާލާފައިވަނީ މިމުބާރާތް ކުރިއަށް ދިޔަ ނައިފަރަށް ނިސްބަތްވާ ނައިފަރު ޖުވެނައިލްއާއި ވާދަކޮށް 3-1 ސެޓުން … ތަފްސީލް


« ކުރީގެ ލިޔުންތައް