މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިރޭ 19:12 ހާއިރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މ. ލޮޖްގެ ފުރަތަމަ ފަންގިފިލާގައެވެ. މިހާދިސާގައި އުމުރުން 18 އަހަރުގެ އަންހެން ކުއްޖަކުގެ ފައިގެ ބައެއް ވަނީ ފިހިފައެވެ. އޭނާއަށް އައި.ޖީ.އެމް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މ. ލޮޖްގޭގައި ރޯވެފައިވާ އަލިފާން މިހާރުވަނީ ނިއްވާލާފައެވެ. މިހާދިސާ ހިނގަން މެދުވެރި … ތަފްސީލް
މިއަދު ހެނދުނު ލަކްސް މޯލްޑިވްސް އިން ސްނޯކްލިންގއަށް ގޮސް އުޅުނު ޗައިނާގެ ރައްޔިތަކު މެންދުރު ފަހުގެ ވަގުތެއްގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މިމަހު ގެ 30 ވަނަ ދުވަހު ރާއްޖެއައި މިމީހާ ގެއްލިފައިވަނީ މިއަދު ހެދުނު ސްނޯކްލިން އަށް ގޮސްގެން އުޅެނިކޮށެވެ. އޭނާ ގެއްލިގެން އެރިސޯޓުގެ މުވައްޒަފުން ހޯދަން ފަށާފައިވަނީ ސްނޯކްލިންއަށް ދިޔައިރު އެވަގުތު އޭނާގެ … ތަފްސީލް

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 09 ރަބަރު ޕެކެޓާއެކު 02 މީހަކު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 23 އަހަރުގެ އަންހެނަކާއި 21 އަހަރުގެ ފިރިހެނެކެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2012 މެއި 30 ވަނަ ދުވަހުގެ ރޭ 20:30 … ތަފްސީލް

އދ. މާމިގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި 18 ސެލޯފިންކޮޅާއެކު އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމަހު 31 ވަނަދުވަހުގެ ރޭ 00:15 ހާއިރު ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި އެތަކެތި ފެނިފައިވަނީ އެ ކުއްޖާ ދިރިއުޅޭގޭގެ ކޮޓަރިތެރޭގައި އެކުއްޖާ … ތަފްސީލް
އެމްޑީޕީން ކޭމްޕް ޖަހައިގެން ސިޔާސީ ހަރަކާތް ހިންގަމުން ގެންދާ އުސްފަސްގަނޑު ކޯޓު އަމުރުގެ ދަށުން މެއި 30 ވަނަ ދުވަހުގެ ހެނދުނު 8:00 ހާއިރުން ފެށިގެން ބަންދުކޮށް ފުލުހުން އެތަން ބަލައި ފާސްކުރުމުގެ މައްސަލައާއި ގުޅިގެން އެސަރަހައްދަށް އެއްވި މީހުންނާއި ފުލުހުންނާއި ދެމެދު މާބޮޑު ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ފުލުހުން ޢާއްމުންނަށް އަނިޔާކޮށް ހުތުރުބަހުން މުޢާމަލާތް … ތަފްސީލް
ޒުވާނުންނަށް އިޖްތިމާޢީ ކަންކަމާ ގުޅޭ ގޮތުން ހޭލުންތެރި ކުރުމަށް ދިޓީވީން ގެނެސްދެމުން ގެންދާ ޒުވާން އަޑު ޕްރޮގްރާމްގައި އާއްމު އިޖްތިމާޢީ މިންގަޑު ތަކާ ޚިލާފު އަމަލު ހިންގުން ހުއްޓުވުމުގެ ޤާނޫނާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޒުވާނުންނަށް މަޢުލޫމާތު ދީފިއެވެ. ރޭ 10:30 ން 11:30 ކުރިޔަށް ގެންދިޔަ މިޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ … ތަފްސީލް
ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދެމުންދާ މަގޭ ރާއްޖެ ޕްރޮގްރާމްގައި ކުޑަކުދިން ކުރާ ކުށްތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރުމަށް މާޢުލޫމާތު ދީފިއެވެ. މިއަދު 10:30 ގައި ވަގުތުން ދެއްކި މިޕްރޮގްރާމްގައި މަޢުލޫމާތު ދިފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ހެޑް އޮފް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުލް … ތަފްސީލް
ހދ. ކުޅުދުއްފުށީގެ ގެއަކުން 28000ރ (އަށާވީސް ހާސް ރުފިޔާ) އާއި ރަން ފައްޓަރު ބަޔަކާއި ރަން ފަށަކާއި އަދިވެސް ބައެއް ރަނުގެ ގަހަނާތައް ވަގަށް ނަގާފައިވަނިކޮށް ފުލުހުން އެތަކެތި ހޯދައި އެވައްކަން ކުރިކަމަށް ތުހުމަތުކުރެވޭ 3 މީހުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިވައްކަން ކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ … ތަފްސީލް
މާލެ ތެރެ ޕެޓްރޯލް ކުރަމުންދިޔަ ދެ ފުލުހަކަށް ބަޔަކު މީހުން ހުރަސްއަޅައި، އަތުގައި އޮތް ޓޯކީ ފޭރިގަނެފިއެވެ. މިއަދު 15:20 ހާއިރު މި ދެފުލުހުންނަށް ހުރަސް އަޅައި، އެފުލުހުން ބޭނުންކުރަމުންދިޔަ ޓޯކީ ފޭރިގަނެފައިވަނީ ބޮޑުތަކުރުފާނު މަގު އުސްފަސްގަނޑު ސަރަހައްދުން ދަތުރުކޮށްފައި ދަނިކޮށް އެސަރަޙައްދުގައި ތިބި ބަޔެކެވެ. މި މީހުންވަނީ އެފުލުހުން ދުއްވަމުންދިޔަ ސައިކަލް ހުއްޓުވައި، އެފުލުހުން … ތަފްސީލް

ފޮރެންސިކް ސަރވިސަސް ޑައިރަކްޓަރޭޓުން މަސައްކަތްކުރުމުގައި އަމަލުކުރަންޖެހޭ ސިޔާސަތުތަކާއި އުސޫލާއި ހަމަތައް އަދި މިންގަނޑުތައް ބަޔާންކޮށް އެޑައިރެކްޓަރޭޓުން މެއި 21 ވަނަ ދުވަހު ފާސްކޮށްފައިވާ ކޮލިޓީ އެޝުއަރެންސް މެނުއަލް އަށް މުވައްޒަފުން އަހުލުވެރި ކުރުމުގެ ޕޮރޮގްރާމެއް ފަށައިފިއެވެ. މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން، ހުރިހާ މުވައްޒިފުންނަށް މައުލޫމާތުދީ ނިމެންދެން ސިލްސިލާ ޕްރޮގުރާމެއްގެ ގޮތުގައި މިޕްރޮގްރާމް ކުރިއަށް … ތަފްސީލް
English