ކުށްމަދުކުރުމަށް ދުރާލާ ތައްޔާރުވެ ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މާލޭގެ ސެކިއުރިޓީ ބެލެހެއްޓުމުގައި  ހަރަކާތްތެރިވާ ބައެއް ސެކިއުރިޓީ ގާޑުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ބާއްވައިފިއެވެ. ސެކިއުރިޓީ ބަލަހައްޓާ ކުންފުނިތަކުގެ ސެކިއުރިޓީ ގާރޑުންނަށް އަމާޒްކޮށްގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއަރޒް ޑިޕާރޓްމަންޓްގެ ކްރައިމް ޕްރިވެންޝަން ޔުނިޓުން ކުރިއަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ މި ސެޝަންގައި … ތަފްސީލް


1

ހއ. މާރަންދޫ ރައްޔިތުން ހޭލުންތެރިކޮށް އެރަށުގެ މުޖުތަމަޢުއަކީ ކުށްމަދު މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން މާރަންދޫގެ ގޭގެއަށާއި ވިޔާފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފިއެވެ. މިމަހުގެ 12 ން 13 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން އެރަށުގައި މީހުން ދިރިއުޅެމުންދާ 120 … ތަފްސީލް


6

ހއ. މާރަންދޫ ރައްޔިތުން ހޭލުންތެރިކޮށް އެރަށުގެ މުޖުތަމަޢުއަކީ ކުށްމަދު މުޖުތަމަޢުއަކަށް ހެދުމަށްޓަކައި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ދަށުން މާރަންދޫގެ ޒުވާނުންނާއި ސްކޫލު ކުދިންނާއި ބެލެނިވެރިން ޤާނޫނާއި ޤަވާއިދުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ. މިމަހުގެ 12 ން 13 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި … ތަފްސީލް


ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ހާނިކަތައް ދުވަހުން ދުވަހަށް އިތުވަމުންދާތީ އެފަދަ މައްސަލަތައް މަދުކޮށް، ސްކޫލުތަކުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިމާދުއްދީން ސްކޫލުގެ މެނޭޖްމަންޓާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައްދަލުކޮށްފިއެވެ. މިއަދު އެސްކޫލް މެނޭޖްމަންޓާއި ބައްދަލުކޮށްފައިވަނީ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން އިސްނަގައިގެން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން … ތަފްސީލް


ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާތަކާއި ހާނިކަތައް ދުވަހުން ދުވަހަށް އިތުވަމުންދާތީ އެފަދަ މައްސަލަތައް މަދުކޮށް، ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕަބްލިކް އެފެއާޒް ޑިޕާރޓްމަންޓުން އިސްނަގައިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓާއި ގުޅިގެން އިއްޔެ ބޭއްވި މި … ތަފްސީލް


Nawaz

ފުލުހުންގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް މިއަހަރުގެ މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި 2011 އަދި 2012 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ހުށަހެޅިފައިވާ މައްސަލަތަކާއި ބެހޭ މަޢުލޫމާތު މީޑިއާއަށް ހާމަކޮށްފިއެވެ. މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ … ތަފްސީލް


News-Pic

މިހާރަކަށް އައިސް ރާއްޖެއަށް ފަތުވެރިން ގެންނަ ބައެއް ޓްރެވަލް އެޖެންސީތަކުން ފަތުރުވެރިން ރާއްޖެ ގެނައުމަށް އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު ފަތުރުވެރިން ރާއްޖެއަންނައިރު އެމީހުން ތިބުމަށް ހަމަޖެހިފައިވާ ރިސޯޓްތަކަށް ފައިސާ ނުދައްކާ ފަތުރުވެރިންނަށް މަކަރާއި ޙީލަތް ހަދައި އޮޅުވާލުމުގެ މައްސަލަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ތަކުރާރުކޮށް ހުށަހެޅެމުންދާތީއާއި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަކަރުހެދުމާއި އޮޅުވާލުމުގެ ޝަކުވާތައް އިތުރުވަމުންދާތީ އެކަމަށް … ތަފްސީލް


News-Pic

އދ. ފެންފުށީ ކައުންސިލްގެ މެމްބަރުން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟްއާއި ބައްދަލުކުރައްވައިފިއެވެ. މިއަދު ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އޮތް މި ބައްދަލުވުމުގައި ފެންފުށީ ކައުންސިލް މެމްބަރުން ދެއްކެވި ވާހަކަފުޅުގައި އެރަށުގައި އާންމުކޮށް ހިނގާ ކުށްތަކާއި ބެހޭ މަޢުލޫމާތު ހިއްސާކުރައްވައި އެރަށުގައި ފުލުހުންގެ ޚިދުމަތް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއިބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އެގޮތުން ޚާއްސަކޮށް … ތަފްސީލް


ގިނަ ޢަދަދެއްގެ ފައިސާތަކެއް ހިފައިގެން ދިޔަ މީހަކަށް ބިރު ދައްކައި އޭނާގެ އަތުގައި އޮތް އަތް ދަބަހެއް ފޭރިގަނެ މާރާމާރީ ހިންގައިފިއެވެ. މިހާދިސާ ހިނގާފައިވަނީ މެއި 15 ވަނަ ދުވަހު އިރުއޮއްސި 18:45 ހާއިރު މާވެޔޮ މިސްކިތް ކުރިމަތީގައި އޮންނަ ގޯޅީތެރޭގައެވެ. މިކަމާއި ގުޅިގެން މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭގޮތުގައި ބެޗް ކޮންސްޓަރަކްޝަންގައި މަސައްކަތްކުރާ މި … ތަފްސީލް


ރ.ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ރ. ދުވާފަރު ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބ.އޭދަފުށި އުފާ، ނާޝިކް އަޙްމަދު ރަޝީދު (33އ) އާއި ރ.އިގުރައިދޫ ގުރަހާގެ، ޢާރިފް ޤާސިމް (27އ) އެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމަތަކާއި … ތަފްސީލް


« ކުރީގެ ލިޔުންތައް