14 years

އުމުރުން 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ. އެކުއްޖަކީ ދ. ކުޑަހުވަދޫ / އުނިމާގެ، އަމާނަތު ޖަލީލު (14އ) އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ގެއްލިފައިވަނީ ރޭ ފަތިހުން ފެށިގެންނެވެ.

މި ކުއްޖާއާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިވަޑައިގެންފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވާ އެކަން މާލޭގައި ނަމަ މޯލްޑިވްސް ޕޮލިސް ސާރވިސްއަށް، ރާއްޖޭގެ ރަށަކުންނަމަ އެރަށެއްގައި ހުންނަ ޕޮލިސް ސްޓޭޝަނަކަށް އަންގަވައި ދެއްވުން އެދެމެވެ.

ޕޮލިސް ސްޓޭޝަން ނެތްރަށެއްނަމަ ރަށުކައުންސިލް އިދާރާ މެދުވެރިކޮށް މި ސާރވިސްއަށް އެންގެވުން އެދެމެވެ.

ފޯނުންނަމަ ގުޅުއްވާނީ 3322111 / 3000600 އަށެވެ. ފެކުސް ކުރައްވާނަމަ ފެކުސް ކުރައްވާނީ 3318036 / 3329308 އަށެވެ.