ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޑިސެމްބަރު 26 ވަަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓްތަކަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އައްޑޫ ސިޓީ ސަމްޝުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު މަގުން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައިގެންނެވެ. ފުލުހުން އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބްލެޓް ސައިޒުގެ ރަބަރު ޕެކެޓަކާއި މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިވާ ރަބަރު ކުދި 24 އެތިކޮޅު ލާފައިވާ ރަބަރު 03 ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 26 އަހަރުގެ މީހެކެވެ. މިމައްސަލަ މިހާރު އައްޑޫ ސިޓީގެ ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަޙްޤީގު ކުރަމުންނެވ
English