ހިތްވަރު

ދިވެހި މުޖުތަމަޢު ޙިމާޔަތްކުރުމުގައި، ބޭނުންތެރި ވެއްޖެހިނދެއްގައި، ޖާނާ ފުރާނަޔަށް ބެލުމެއް ނެތި ޚިދުމަތްކުރާނަމެވެ. މީގެ އިތުރުންވެސް، ކަންކަމުގެ ހަޤީގަތް ހޯދުމާއި، ތެދުބަސް ބުނުމާއި، ނުރަނގަޅު ކަންކަން ރަނގަޅު ކުރުމުގެ ހިތްވަރު އަހަރުމެންގެ ސުލޫކުގައިވެއެވެ.


ވަފާތެރިކަން

މިިިިޤައުމަށާއި، ދިވެހި ފުލުުހުންގެ ޚިދުމަތަށާއި، އަމިއްލަ އަޤީދާއާއި އުސޫލުތަކަށް ވަފާތެރިވާނަމެވެ.


އިޚްލާސްތެރިކަން

އަހަރުމެންގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގެ މަޤުޞަދުގައި އަހުރެމެންގެ ސުލޫކާއި ރިވެތި އަޚުލާޤުގެ ގޮތްތައް ދޫކޮށްނުލާނަމެވެ. އަހުރެމެންގެ ޢަމަލުތައް ބިނާވެގެންވަނީ ލުއިފަސޭހަ ގޮތްތައް އިޚުތިޔާރުކުރުމަށްވުރެ އަހުރެމެންގެ އުސޫލުތަކުގެ މައްޗަށެވެ.


ހަމަހަމަކަން

ވީނަމަވެސް އެފަދަ ކަމަކަށް ބެލުމެއް ނެތި އޯގާތެރިކަމާ، އިންސާނިއްޔަތަށް ޤަދަރުކޮށް ހަމަހަމަކަމާއެކު މުޢާމަލާތް ކުރާނަމެވެ. އަހުރެމެންގެ މި މުއައްޞަސާގެ މެމްބަރުންނާމެދުވެސް ޢަމަލުކުރާނީ މިބީދައިންނެވެ.


ޒިންމާއުފުލުން

އަހަރުމެން ކުޅަ ޢަމަލެއްގެ ސަބަބުން ދިމާވާ މައްސަލަތަކާއި ކުރެވޭ ކުށްތަކަށް ޒިންމާ އުފުލާ އަމިއްލަ ނަފްސަށާއި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ދިވެހި ފުލުހުންގެ ޚިދުމަތަށް ފުރިހަމައަށް ޖަވާބުދާރީވާނަމެވެ.


ލާމަސީލު ޚިދުމަތްތެރިކަން

އަހަރުމެންގެ އަމާޒަކީ މި ޚިދުމަތް އެންމެ ފުރިހަމަައަށް ދިނުމަށްޓަކައި ދުރާލާ ތައްޔާރުވެ، އިސްނެގުމުގެ ރޫޙަކާއެކު އަހުރުމެންގެ ދައުރު އަދާކުރުމެވެ. މިގޮތުން، އަހަރެމެންގެ ކިބައިގައިވާ ހުނަރާއި، ޢިލްމާއި ތަޖުރިބާގެ ބޭނުން ހިފާނީ އެންމެ މަތީ ދަރަޖައަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށެވެ.