vtv_suspects

މިއަހަރުގެ މާރޗްމަހުގެ 19 ވަނަ ދުވަހު ވީޓީވީއަށް ގެއްލުންދިން މައްސަލައާއި ގުޅިގެން މިދިޔަ ހަފްތާގެ ހޯދުމަށް އިއުލާންކުރި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހުންނަކީ ހ. ލަދުމާގެއާގެ އަޙްމަދު ނަޢީމް (27އ) އާއި ސ. ހުޅުދޫ، ޖްވެލަރީ ޙުސައިން ފަރުޝާން (26އ)އެވެ.

މިދެމީހުންގެ ތެރެއިން ޙުސައިން ފަރުޝާން ވަނީ މިމަހުގެ 2 ވަނަ ދުވަހުގެރޭ އަމިއްލައަށް ފުލުހުންނާއި ހަވާލުވެފައެވެ. އަދި އަޙްމަދު ނަޢީމް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭގެ ވަގުތެއެްގައެވެ.

މާރޗްމަހުގެ 19 ވަނަ ދުވަހު ބަޔަކު މީހުން ވީޓީވީއަށް ގެއްލުންދިން މައްސަލައާއި ގުޅިގެން އިތުރުމީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.