ޚަބަރު

ހޯދުމަށް އިއުލާނުކުރި މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފި

11 މެއި 2022

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވަނިކޮށް ކޯޓުން ދޫކޮށްލުމުން  އަލުން ހައްޔަރުކުރުމަށް ހޯދަމުންދިޔަ ކ. މާލެ / ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް (41އ) ހައްޔަރުކޮށްފިއެވެ. 

 

މުޙައްމަދު ބިޝާރު އިސްމާޢީލް ހައްޔަރުކޮށްފައިވަނީ މިއަދު 15:33 އެހާކަންހާއިރު ގއ. ކޮލަމާފުށިންނެވެ.  އަދި އޭނާ ހައްޔަރުކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަށް އާ ހާވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ދަނީ ކުރަމުންނެވެ.