ޚަބަރު

ޕޮލިސް އޯޕަން ޑޭ 2022

18 މެއި 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ 'ޕޮލިސް އޯޕަން ޑޭ 2022' މި މަހު 28 ވަނަ ދުވަހު އައްޑޫ ސިޓީގައި އޮންނާނެއެވެ. މި އޯޕަން ޑޭ އޮންނާނީ މެއި 28 ވަނަ ދުވަހުގެ 15:00 އިން 18:00 އަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައެވެ.

 

މި އޯޕަން ޑޭ ގައި، ފުލުހުންގެ މަސައްކަތު ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން، އޮޕަރޭޝަނަލް ދާއިރާ، ފޮރެންސިކް ސަރވިސަސް، އިންވެސްޓިގޭޝަން، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރިންގ، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފްރާސްޓްރަކްޗަރ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާތަކުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

 

އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ފުލުހުންގެ ވަޒީފާއަށް ވަނުމަށް ބޭނުންވާ ފަރާތްތަކުން ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އޯޕަން ޑޭ ގައި ވަނީ ހުޅުވާލެވިފައެވެ. އެގޮތުން، އައިޑީ ކާޑު އަދި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިފައިގެން އަންނަ ފަރާތްތަކަށް ވަގުތުން ފޯމު ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށެވެ.

 

އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޯޕަން ޑޭ އާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3034455 އަށެވެ