ގެވެށި އަނިޔާއިން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ރ. މަޑުއްވަރީގައި ކުރިއަށް ގެންގޮސްފި
18 މެއި 2022މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. މަޑުއްވަރީގެ މުއައްސަސާތަކުގެ މުވައްޒަފުން ގެވެށި އަނިޔާއިން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން، ގެވެށި އަނިޔާއަކީ ކޮބައިކަމާއި ގެވެށި އަނިޔާގެ ސަބަބުން ދިރިއުޅުމަށްކުރާނެ ނޭދެވޭ އަސަރުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާއިން ރައްކާތެރިވާނެ ގޮތާއި އެފަދަ އަމަލުތައް ހުއްޓުވުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގެވެށި އަނިޔާ ލިބެމުންދާނަމަ އެކަން ސިއްރު ނުކުރުމަށާއި އެއްވެސް މީހަކަށް ގެވެށި އަނިޔާ ލިބެމުންދާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ކުޑަކުދިންނަށްކުރާ އަނިޔާތަކާއި އަނިޔާ ލިބެމުންދާ ކުދިން ދެނެގަނެ އެފަދަ އަނިޔާތަކުން ކުދިން ސަލާމަތްކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އެފަދަ ކަންކަން ސިއްރުނުކޮށް ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މަޑުއްވަރީ ޕޮލިސް ސްޓޭޝަނުން މެއި 17 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެ ސެޝަނުގައި ރަށުގެ ހުރިހާ މުއައްސަސާއަކުން ބައިވެރިވިއެވެ.