ޚަބަރު

ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

16 ޖޫން 2022

 

މަތީގައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2022 ފެބްރުއަރީ 8 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ގަލޮޅު ޕޮލިސްގެ އިންވެސްޓިގޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެކެވެ.

 

ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.