ޚަބަރު

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން

22 ޖޫން

މ. ދިއްގަރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ކ. ގުރައިދޫ / ހީނާމާގެ، އަޙްމަދު އިރުޝާދު (46އ) 

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A072186

ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި:  މ. ދިއްގަރު ޕޮލިސް ސްޓޭޝަނަށް ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް ، 2022 ޖޫން 29 ވަނަ ދުވަހުގެ 11:00 އަށް 

 

މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ދިއްގަރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9665179 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.