ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި އައްޑޫސިޓީ ފޭދޫން މީހަކު ހައްޔަރުކޮށްފި

17 ޖުލައި 2022

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫސިޓީ ފޭދޫން މީހަކު ހައްޔަރުކޮށްފިއެވެ.

 

ޖުލައި 16 ވަނަ ދުވަހު ގަން ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ފޭދޫގައި ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

 

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ސެލޯފިންކޮޅު ފެނުމާ ގުޅިގެންނެވެ.

 

މި މައްސަލަ ގަން ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.