ޚަބަރު

ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

08 އޯގަސްޓް 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ހދ.ހަނިމާދޫ  ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލާފިއެވެ.

 

        ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ އޮގަސްޓް 8 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.  އެގޮތުން ނައްތާލާފައިވަނީ 255 ފުޅި ބަނގުރަލާއިި 20 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2021 އޯގަސްޓް 25 އިން މިއަހަރުގެ މެއި 27 ވަނަ ދުވަހުގެ ނިޔަލަށް ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

 

        ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރެވޭނޭ ގޮތުގެ ޤާވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.