ޚަބަރު

އިމާދުއްދީން ސްކޫލްގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފި

02 އޮކްޓޯބަރ 2022

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށް ފުލުހުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަން ގުޅިގެން އިމާދުއްދީން ސްކޫލްގެ ދަރިވަރުންނަށް ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ފަށައިފިއެވެ.

އިިމާދުއްދީން ސްކޫލްގެ ގްރޭޑް 6 އިން 9 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ފެށި މިޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާ އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ސްކޫލް ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަ ދެއްކުމުގެ ރީތި އަދަބުތައް ގެންގުޅުމާ ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭހެން މުއާމަލާތުކުރުމުގެ ހުނަރުތަކުގެ ކްލާސްތައް މިޕްރޮގްރާމްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި މަގުމަތީގައި ދަރިވަރުންނަށް ޕްރެކްޓިކަލް ސެޝަންތަކެއްވެސް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

 

އޮކްޓޯބަރ 1 އިން 5 އަށް އިމާދުއްދީން ސްކޫލްގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި 24 ދަރިވަރުން ބައިވެރިވެއެވެ.