ޚަބަރު

ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން

06 އޮކްޓޯބަރ 2022

ކުޅުދުއްފުށި ސިޓީ ޕޮލިސް އިން ތަހުގީގު ކުރަމުންދާ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު:  ކ. ގުރައިދޫ / ވިނަރެސް، އިޙުސާން ޢަބްދުއްޞަމަދު (29އ)

އައިޑީކާޑު ނަންބަރު:   A282625

ހާޒިރުކުރެވޭ ހައިސިއްޔަތު:  މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް

  

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި:  ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 2022 އޮކްޓޯބަރ 16 ވަނަ ދުވަހުގެ 10:00 އަށް،

 

 މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ކުޅުދުއްފުށި ސިޓީ ޕޮލިސްގެ ނަންބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.