ޚަބަރު

މާފުށި ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފި

20 ނޮވެމްބަރ 2022

ކ. މާފުށި ޕޮލިސް ސްޓޭޝަނާއި އެ ރަށު ސްކޫލް ގުޅިގެން އެ ސްކޫލްގެ ބެލެނިވެރިންނަށް ބެލެނިވެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ސެޝަނެއް ކުރިއަށްގެންގޮސްފިއެވެ.

 

މި މަހުގެ 17 ވަނަ ދުވަހު މާފުށި ސްކޫލްގައި ކުރިއަށްގެންދިޔަ އެ ސެޝަނުގައި ބެލެނިވެރިންނަކީ ކޮބައިކަން، ބެލެނިވެރިންގެ ޒިންމާތައް، ބެލެނިވެރިކަމުގެ ހުނަރުތައް ބުނެދީ އެކަންކަމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އަދި ބެލެނިވެރިންނަކީ ހަމަ އެކަނި ދަރިފުޅުގެ މައިންބަފައިން ނޫންކަމާއި އެއީ މުޅި މުޖުތަމައުގެ އެންމެންކަމާއި، އެގޮތަށް އެންމެންގެ ވިސްނުން ބައްޓަންކުރާނެ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި ދަރިން ތަރުބިއްޔަތުކޮށް ބެލެހެއްޓުމުގައި ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ބެލެނިވެރިން ދަރިންނަށް ނަމޫނާ ބަޔަކަށްވުމާއި ރިވެތި ސިފަތަކާއެކު ދަރިން ތަރުބިއްޔަތުކުރުމަށް މަސައްކަތްކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން މައުލޫމާތު ހިއްސާކުރި މި ސެޝަންގައި މާފުށި ސްކޫލްގެ 73 ބެލެނިވެރިން ބައިވެރިވިއެވެ.