ޚަބަރު

ފުލުހުން ބަލާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވަން އަންގައި އިއުލާނު ކުރުން

06 ޑިސެމްބަރ 2022

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ށ. ފުނަދޫ، ޑޭޒީމާ، އަޙްމަދު އަޝްރަފް (20އ)

ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A271469

ހާޒިރުކުރެވޭ ހައިސިއްޔަތު:  ތަހުގީގަށް ސުވާލުކުރުމަށް/މައުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2022 ޑިސެމްބަރު 19ވަނަ ދުވަހުގެ 11:00 އަށް