ޚަބަރު

ފުލުހުން ބަލާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވަން އަންގައި އިއުލާނު ކުރުން

07 ޑިސެމްބަރ 2022

މާފަނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އެ މީހުންގެ ސްޕޮންސަރ އަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: އިބްރާހީމް ކަލީލް މިއާހް، ބަނގްލަދޭޝް (43އ)

ޕާސްޕޯޓް ނަންބަރު: BR0275492

ހާޒިރުކުރެވޭ ހައިސިއްޔަތު: ވައްކަމުގެ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށް/މައުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: މާފަންނު ޕޮލިސް ސްޓޭޝަން، 2022 ޑިސެމްބަރު 15 ވަނަ ދުވަހުގެ 14:00 އަށް

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ރުބެއިލް، ބަނގްލަދޭޝް (43އ)

ޕާސްޕޯޓް ނަންބަރު: EE0874329