ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

19 ޖަނަވަރީ 2023

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް ސްޓޭޝަން

 

ޖަނަވަރީ 14 ވަނަ ދުވަހު، މ. މިނާގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވަޔަލެސް ހެޑް ފޯނެއް. އިންސިޑެންޓް ނަންބަރ 545364

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ޖަނަވަރީ 16 ވަނަ ދުވަހު ގ. ނޫމަރާގެ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ މުށިކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރު 545583

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.