ޚަބަރު

ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭތަކެތި އައްޑޫސިޓީ ހިތަދޫއިން ހޯދައިފި

19 މާޗް 2023

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން އެ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

 

މި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މި މަހު 18 ވަނަ ދުވަހު ހިތަދޫގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، އެ ރަށު ވަލުތެރެއިންނެވެ.

 

މި އޮޕަރޭޝަނަކީ ރަމަޟާންމަހާ ދިމާކޮށް ހިތަދޫގައި ކުށްމަދުކުރުމަށް ކުރިއަށްދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ރަށުގެ އެކި ސަރަހައްދުތައް ބަލައިފާސްކުރުމާއި ރަށުތެރެ ޕެޓްރޯލުކުރުން ވަނީ އިތުރުކޮށްފައެވެ.