ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

07 މެއި 2023

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް ސްޓޭޝަން

 

އެޕްރީލް 15 ވަނަ ދުވަހު ނޯތު ހާބަރުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 400 ރުފިޔާ. އިންސިޑެންޓް ނަންބަރ 554318

 

އެޕްރީލް 17 ވަނަ ދުވަހު މާވެޔޮމަގު، ފަތަހަ މޯލް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭންޑުގެ ބުރުމާއަކާއި ކަރަންޓު ނަރުރޯލުތަކެއް. އިންސިޑެންޓް ނަންބަރ 554504

 

އެޕްރީލް 20 ވަނަ ދުވަހު ގުލްހަޒާރު ގޯޅިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ މުށިކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 555938

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ގަލޮޅު ޕޮލިސް ސްޓޭޝަން

 

އެޕްރީލް 19 ވަނަ ދުވަހު ހުޅުމާލެ ހައިވޭއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައިޕެޑެއް. އިންސިޑެންޓް ނަންބަރު 554723

 

އެޕްރީލް 21 ވަނަ ދުވަހު ދަރުމަވަންތަ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ވިލާ ގޭސްފުޅިއެއް. އިންސިޑެންޓް ނަންބަރު 554889

 

އެޕްރީލް 23 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުންފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދަބަހެއް. އިންސިޑެންޓް ނަންބަރު 555081

 

އެޕްރީލް 25 ވަނަ ދުވަހު ރަސްފަންނުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ސެމްސަންގ ބްރޭންޑުގެ ކަޅުކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 555321

 

އެޕްރީލް 29 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހުއާވެއި ބްރޭންޑުގެ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރު 555766

 

މާރިޗު 4 ވަނަ ދުވަހު ބެންކް އޮފް މޯލްޑިވްސް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 20 ރުފިޔާ. އިންސިޑެންޓް ނަންބަރު 556274

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.