ޚަބަރު

ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

09 ނޮވެމްބަރ 2023

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް ސްޓޭޝަން

 

ސެޕްޓެމްބަރ 11 ވަނަ ދުވަހު މުނިޓްރޭޑާސް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3 ފޮތި އަލަމާރި. އިންސިޑެންޓް ނަންބަރު 579486

 

އޮކްޓޯބަރ 21 ވަނަ ދުވަހު ނޯތު ހާބަރުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 574400

 

އޮކްޓޯބަރ 30 ވަނަ ދުވަހު ދިރާގު ހެޑްއޮފީސް ކައިރިން ހޮވައިގެން ގެނެސްފައިވާ ހުއާވޭ ބްރޭންޑުގެ ރައުޓަރެއް. އިންސިޑެންޓް ނަންބަރު 575442

 

ނޮވެމްބަރ 5 ވަނަ ދުވަހު ކަސްޓަމްސް ކައިރިން ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އިއަރޕޮޑެއް. އިންސިޑެންޓް ނަންބަރު 576104

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ސެޕްޓެމްބަރ 22 ވަނަ ދުވަހު ކުދީނާ ގޯޅިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި  ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 3 ރޯލު ނަރު، ހެއަރ ސްޓްރެއިނަރ، ހެއަރ ޑްރަޔަރ، 2 ގިފްޓް ޕެކް. އިންސިޑެންޓް ނަންބަރު 570827

 

އޮކްޓޯބަރ 24 ވަނަ ދުވަހު ދިލްބަހާރު މަގުން ހޮވައިގެން ގެނެސްފައިވާ، ރެޑްމީ ބްރޭންޑުގެ ނޫކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 574750

 

ނޮވެމްބަރ 4 ވަނަ ދުވަހު ލިލީމަގުން ހޮވައިގެން ގެނެސްފައިވާ، ސެމްސަންގ ބްރޭންޑުގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރު 576089

 

ނޮވެމްބަރ 4 ވަނަ ދުވަހު ވިއު ޕްލާޒާ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި  ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކަރަންޓު ބުރުމާއެއް. އިންސިޑެންޓް ނަންބަރު 576198

 

ނޮވެމްބަރ 5 ވަނަ ދުވަހު ރެޑްވޭވް ޕްލާޒާ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި  ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 6 ރޯލު ނަރު. އިންސިޑެންޓް ނަންބަރު 576102

 

ނޮވެމްބަރ 5 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި  ސުވާލުުކުރި މީހެއްގެ އަތުން ފެނިފައިވާ، ވަގަށް ނަގާފައިވާކަމަށް ބެލެވޭ 4 ޖެކް ދަގަނޑު. އިންސިޑެންޓް ނަންބަރު 576198

 

ނޮވެމްބަރ 7 ވަނަ ދުވަހު ޣިޔާސުއްދީން ސްކޫލް ކައިރިން ހޮވައިގެން ގެނެސްފައިވާ އައިފޯނެއް. އިންސިޑެންޓް ނަންބަރު 576534

 

ނޮވެމްބަރ 9 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްބުލް ދަޅުތަކަކާއި ބޮޑު ކޮފީ ދަޅެއް. އިންސިޑެންޓް ނަންބަރު 576612

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން

 

އޮކްޓޯބަރ 29 ވަނަ ދުވަހު ރެޑްވޭވް މެގަމޯލް ކައިރިން ހޮވައިގެން ގެނެސްފައިވާ ބައިސްކަލެއް.

 

އޮކްޓޯބަރ 31 ވަނަ ދުވަހު ހުޅުމާލެ ސެންޓަރަލް ޕާކު ކައިރިން ހޮވައިގެން ގެނެސްފައިވާ ވީލްޗެއާ އެއް.

 

މި ތަކެތީގެ ވެރިފަރާތުން 3035335 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.