ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރުން
15 ފެބްރުއަރީ 2024މ. މުލީ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ މަކާރާއި ހީލަތުން 400 ޑޮލަރު ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޢަބްދުﷲ މުޙައްމަދު، ކ. މާލެ / މއ. ކެދިފަށުވިގެ (61އ)
އައިޑީ ކާޑު ނަންބަރު: A007456
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތަހުގީގަށް، ސުވާލުކުރުމަށް.
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: މ. މުލީ ޕޮލިސް ސްޓޭޝަނަށް، 2024 ފެބްރުއަރީ 24 ވަނަ ދުވަހުގެ 10:00އަށް