ޚަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޝަނާއި ރޯލްކޯލް ފަށައިފި

22 މެއި 2022
މާލޭގައި ބޭއްވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ އޮފިސަރުންގެ ރޯލްކޯލްގެ ތެރެއިން : މި ރޯލްކޯލްގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ބައިވެރިވެލެއްވި --

 

ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންސްޕެކްޝަނާއި ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރޯލްކޯލް ފަށައިފިއެވެ.

މާލޭގައި ބޭއްވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ އޮފިސަރުންގެ ރޯލްކޯލްގެ ތެރެއިން : 

 

މިއަދު ފެށިގެން އެކި ދުވަސްތަކުގެ މަތިން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ މި އިންސްޕެކްޝަނާއި ރޯލްކޯލްއަކީ ކޮމިޝަނަރ އޮފް ޕޮލިސްގެ އިސްނެންގެވުމުގެ މަތިން، މުވައްޒަފުންގެ ޓާންއައުޓް ބެލުމުގެ އިތުރުން މުވައްޒަފުންނަށް ދޫކޮށްފައިވާ އެންމެހާ ޔުނީފޯމް އައިޓަމްސްތައް ހަމަތޯ ބެލުމާއި އެތަކެތީގެ ހާލަތު ބެލުމުގެ ގޮތުންނާއި، ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރަމުންދާ އެއްގަމާއި ކަނޑު އުޅަނދު ފަހަރާއި އޮޕަރޭޝަނަލް އިކުޕްމަންޓްސް އާއި ޓެކްނޮލޮޖިކަލް ރިސޯސަސްއާއި ފުލުހުންގެ ޚިދުމަތުގެ މަސައްކަތަށް ބޭނުންކުރަމުންދާ އެންމެހައި އިމާރާތްތަކާއި މަސައްކަތުގެ މާހައުލު އަދި އެކަމަޑޭޝަން އާއި ފެންޑާތަކުގެ ހާލަތު ދެނެގަތުމުގެ ގޮތުން ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.

މާލޭގައި ބޭއްވި ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ އޮފިސަރުންގެ ރޯލްކޯލްގެ ތެރެއިން އޮފިސަރެއްގެ ޔުނީފޯމް އައިޓަމްސްތައް ޗެކްކުރަނީ --

 

އެގޮތުން ރޯލްކޯލް ރަސްމީކޮށް މާލެ އޭރިއާގައި ފަށާފައިވަނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުން މަތީގެ އޮފިސަރުންގެ ރޯލްކޯލް އިންނެވެ. މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގ މަލްޓިޕާޕަސް ހޯލުގައި ކުރިއަށްދިޔަ މި ރޯލްކޯލްގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ލ. ފޮނަދޫގައި ކުރިއަށްދިޔަ ރޯލްކޯލްގެ ތެރެއިން – 

 

ފުލުހުންގެ ޕްރޮފެޝަނަލް ސްޑެންޑަރޑްސް ކޮމާންޑުން ކުރިއަށް ގެންދާ  މި ރޯލްކޯލްއާއި އިންސްޕެކްޝަން މާލޭ އޭރިއާގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގެ އިތުރުން ފަސް ޕޮލިސް ރީޖަންގައި ހިމެނޭ ރަށްތަކުގައި އެކި ދުވަސްތަކުގެ މަތިން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

 

ދ. ކުޑަހުވަދޫގައި ކުރިއަށްދިޔަ ރޯލްކޯލްގެ ތެރެއިން --

 

މާލޭ އޭރިއާގެ އިތުރުން ރީޖަންތަކުގައި އިންސްޕެކްޝަނާއި ރޯލްކޯލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކަމަށްޓަކައި ކަނޑައަޅާފައިވާ ޓީމުތަކުންވެ. އެގޮތުން މި ޓީމުތަކަށްވަނީ ކަމާގުޅުންހުރި މަޢުލޫމާތުތައް ފޯރުކޮށްދީ، އެކަމަށް ހައްސަކޮށްގެން ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އަށް އަހުލުވެރިކޮށްފައެވެ. މި އިންސްޕެކްޝަނާއި ރޯލްކޯލް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެންނެވެ.