ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

23 ޖޫން 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް ސްޓޭޝަން

 

ޖޫން 13 ވަނަ ދުވަހު ބޮޑުރަސްގެފާނުމަގު ކަށިމާހިނގުން ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ ބްރޭންޑުގެ ނޫކުލައިގެ ފޯނެއް. އިންސިޑެންޓް ނަންބަރ 525009


ޖޫން 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޕޮލިސް ޓޯޔާޑް ކައިރި ބަސް ސްޓޮޕް ކައިރިން ފެނިފައިވާ ކެމެރާ ސްޓޭންޑެއް. އިންސިޑެންޓް ނަންބަރ 525266

 

ޖޫން 17 ވަނަ ދުވަހު ހ. މޫނިމާ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އަތު ރޮންދާއެއް. އިންސިޑެންޓް ނަންބަރ 525448

 

ޖޫން 17 ވަނަ ދުވަހު ފާށަނާކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ބުރުމާއެއް. އިންސިޑެންޓް ނަންބަރ 525448

 

ޖޫން 18 ވަނަ ދުވަހު ނީލަންފިހާރަ ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރޮޕް ޖެކެއް. އިންސިޑެންޓް ނަންބަރ 525534

 

ޖޫން 19 ވަނަ ދުވަހު ސިއްތިމާވާހިނގުން ގ. ޕޫލްޑްރީމް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 35 ރުފިޔާ. އިންސިޑެންޓް ނަންބަރ 525707

 

ޖޫން 20 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 525746

 

ޖޫން 20 ވަނަ ދުވަހު ސަލްމާން މިސްކިތް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 655 ރުފިޔާ އޮތް މުށި ކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 525743

 

މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް ސްޓޭޝަން


ޖޫން 10 ވަނަ ދުވަހު މާވެޔޮ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޅު ކުލައިގެ އައިފޯނެއް (އައި ފޯނު 4). އިންސިޑެންޓް ނަންބަރ 524774

 

ޖޫން 17 ވަނަ ދުވަހު އައިޖީއެމްއެޗް ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރ 525514

 

ޖޫން 18 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހުއާވެއި ބްރޭންޑްގެ ނޫކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 525574

 

ޖޫން 19 ވަނަ ދުވަހު މަޖީދީމަގު ކާސިންޖީމަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޑްލައިޓު ތަކެއް. އިންސިޑެންޓް ނަންބަރ 525628

 

މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން

އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.