ސައިބަރ ސޭފްޓީއާ ގުޅޭގޮތުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް މައުލޫމާތުދީފި
22 ޖޫން 2022![](/uploads/4_b8111bbccd.jpg)
ސްކޫލު ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ސައިބަރ ސޭފްޓީ އާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ސައިބަރ ކްރައިމްއަކީ ކޮބައިކަމާއި ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުން ކުރާނެ ގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ސައިބަރ ކްރައިމް ނުވަތަ އިންޓަނެޓް މެދުވެރިކޮށް ހިންގާ މައްސަލަތަކުގެ ޝިކާރައަކަށް ދަރިވަރުން ނުވުމަށް ހޭލުންތެރިކުރުމަށް މައުލޫމާތުދީފައިވެއެވެ.
![](/uploads/3_c152812745.jpg)
އޭގެ އިތުރުން، ސައިބަރ ކްރައިމަށް ހުށަހެޅެނީ ކިހިނެތްކަމާއި އެއްވެސްކަމެއް ދިމާވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް މައުލޫމާތު ދީފައިވެއެވެ.
ސައިބަރ ޕޮލިސިންގ ސެންޓަރުން ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 6 އިން 11 އަށް ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވިއެވެ.