ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާނުކުރުން
18 ޖުލައި 2022ތުޅާދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ބ. ތުޅާދޫ / ނިދާ، ސާޢިދު މުޙައްމަދު (25އ)
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A328795
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް/ ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް
ސްޓޭޝަންއަށް، 2022 ޖުލައި 28 ވަނަ ދުވަހުގެ 14:00 އަށް
މިމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ބ. ތުޅާދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.