ސީޕީ ކަޕް ވޮލީބޯޅަ މުބާރާތް: ސީދާ ތިން ސެޓުން ސިޓީ ޕޮލިސް ބަލިކޮށް ހުޅުމާލެ ޕޮލިސް ފައިނަލަށް
21 އޯގަސްޓް 2022
ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅޭ "ސީޕީ ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުން ހުޅުމާލެ ޕޮލިސް ޖާގަ ހޯދައިފިއެވެ.
މިއަދު ހަވީރު ގަލޮޅު ޕޮލިސް ފުރަގަހުން އޮންނަ ވޮލީކޯޓުގައި ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ސިޓީ ޕޮލިސް އާ ވާދަކުރިމެޗު ހުޅުމާލެ ޕޮލިސް އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
ހުޅުމާލެ ޕޮލިސް ސެމީން ޖާގަހޯދީ އަންހެން ޑިވިޜަންގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އަދި ސިޓީ ޕޮލިސް ސެމީން ޖާގަހޯދީ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ސެމީ ފައިނަލް މެޗުގެ ސެޓްތައް ހުޅުމާލެ ޕޮލިސް އިން ކާމިޔާބުކުރީ 25-18، 25-21 އަދި 25-15 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހުޅުމާލެ ޕޮލިސްގެ ހުޅުމާލެ ޕޮލިސްގެ ޖާޒީ ނަންބަރު 6 ހައްވާ ރާޝިދާ އެވެ.
ސީޕީ ކަޕް އަންހެން ޑިވިޜަންގެ ފައިނަލުގައި ވާދަކުރާ އަނެއް ޓީމު ކަނޑައެޅިގެންދާނީ މާދަމާ ކުޅޭ ސެމީ ފައިނަލް ދެވަނަ މެޗުން މޮޅުވާ ޓީމާއި ސެމީ ފައިނަލް ފުރަތަމަ މެޗުން ބަލިވި ޓީމު ވާދަކުރާ ތިން ވަނަ ސެމީންނެވެ.
ސެމީ ފައިނަލް ދެވަނަ މެޗުގައި ވާދަކުރާނީ ގްރޫޕްގެ ތިން ވަނަ ޓީމު ކަމަށްވާ ޕީއެސްއާރުސީ/ އެސްއޯ އާއި ހަތަރު ވަނަ ޓީމު ކަމަށްވާ ޕީސީ ގަރލްސް (ޕޮލިސް ކަސްޓަޑީ) އެވެ. މިމެޗުން މޮޅުވާ ޓީމު ތިން ވަނަ ސެމީ ފައިނަލް މެޗުގައި ވާދަކުރާނީ ފުރަތަމަ ސެމީން ބަލިވި ސިޓީ ޕޮލިސް އާއެވެ.
ސީޕީ ކަޕް އަންހެން ޑިވިޜަންގައި ހަތަރު ޓީމަކުން ބައިވެރިވެފައިވާއިރު، އަންހެން ޑިވިޜަންގެ ކުޅުން ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ، ތިން ސެމީ ފައިނަލް ކުޅޭ ގޮތަށެވެ.
ހުޅުމ