ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

08 ސެޕްޓެމްބަރ 2022

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.


މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:


ގަލޮޅު ޕޮލިސް ސްޓޭޝަން

 

އޮގަސްޓު 19 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސޭފްޓީ ބޫޓެއް، 12 ފުޅި ސިލިކޯން އަދި ޓޫލްސްތަކެއް. އިންސިޑެންޓް ނަންބަރ 531531

 

އޮގަސްޓު 20 ވަނަ ދުވަހު ނިކަގަސް މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހަތަރު، ޕްރޮޕް ހަތަރު ދަގަނޑު. އިންސިޑެންޓް ނަންބަރ 531602

 

އޮގަސްޓު 23 ވަނަ ދުވަހު މަގުމަތިން ހޮވައިގެން ގެނެސް އާންމު ފަރާތަކުން ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ފަށަކާއި ރަން އަނގޮޓިއެއް. އިންސިޑެންޓް ނަންބަރ 531953

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

މާފަންނު ޕޮލިސް ސްޓޭޝަން

 

އޮގަސްޓު 26 ވަނަ ދުވަހު ދިލްބަހާރުމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެލްމެނިއަމް ހަރުގަނޑެއް. އިންސިޑެންޓް ނަންބަރ 532320

 

ސެޕްޓެމްބަރ 2 ވަނަ ދުވަހު ލޯކަލް މާރުކޭޓު ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކު ނެތް ވިލާ ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރ 532941

 

ސެޕްޓެމްބަރ 3 ވަނަ ދުވަހު ހަވީރީ ހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކު ނެތް މޯލްޑިވް ގޭސް ފުޅިއެއް. އިންސިޑެންޓް ނަންބަރ 533023

 

މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ޕޮލިސް ސްޓޭޝަން

 

އޮގަސްޓު 26 ވަނަ ދުވަހު ހުޅުމާލެ ނިރޮޅުމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކުނެތް، އޭސަރ ބްރޭންޑުގެ އެލްސީޑީ މޮނިޓަރެއް. އިންސިޑެންޓް ނަންބަރ 532242

 

މި ތަކެތީގެ ވެރިފަރާތުން 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހިތަދޫ ޕޮލިސް ސްޓޭޝަން

 

އޮގަސްޓު 26 ވަނަ ދުވަހު އައްޑު ސިޓީ ހިތަދޫއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގޯވިޝަން ބްރޭންޑުގެ ސެކިއުރިޓީ ކެމެރާއަކާއި ވޯގް ބްރޭންޑުގެ އަވި އައިނެއް. އިންސިޑެންޓް ނަންބަރ 530077

 

މި ތަކެތީގެ ވެރިފަރާތުން 9791612 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހިތަދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.