ރ. މީދޫ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
31 އޯގަސްޓް 2022ކުށްމަދު އަމާން މުޖުތަމައެއް ގާއިމު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރ. މީދޫ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މީދޫ ޕޮލިސް ސްޓޭޝަނާއި ރަށު ކައުންސިލް ގުޅިގެން އިއްޔެ ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި ގޭގެ އަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، ސޯޝަލް މީޑިއާއަށް އަހުލުވެރި ނޫން މީހުންނަށް ހާއްސަކޮށްގެން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން މިކަން ކުރާގޮތްތައް އޮޅުންފިލުވައިދީ އަދި މިކަންކުރާ މީހުންގެ ކިބައިން އާންމު ރައްޔިތުން ސަލާމަތްކުރުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އޭގެ އިތުރުން، ފޯނަށް ގުޅައިގެން ބެންކު އެކައުންޓުގެ މައުލޫމާތާއި ކޭޝްކާޑުގައިވާ މައުލޫމާތު ހޯދުމަށް އެއްވެސް މީހަކު އެދުނުކަމުގައި ވިޔަސް އެ މައުލޫމަތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައިވެއެވެ.