ރައްޔިތުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަރެސްމާތޮޑާގައި ހިންގައިފި
31 އޯގަސްޓް 2022![](/uploads/3_2ba173ad9f.jpg)
މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުން ރައްކާތެރިކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ގދ. ފަރެސްމާތޮޑާގައި ޕްރޮގްރާމެއް ހިންގައިފިއެވެ.
މި މަހު 29 ވަނަ ދުވަހު، ފަރެސްމާތޮޑާގައި މަސައްކަތްކުރާ ފުލުހުން ހިންގި އެ ޕްރޮގްރާމުގައި ގޭބިސީތަކާއި ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.
އެގޮތުން، މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި ހަރަކާތްތެރިވާ މީހުން އާންމުކޮށް ދައްކާ ވާހަކަތަކާއި ފައިސާ ހޯދުމުގައި ގެންގުޅޭ އުކުޅުތައް ބުނެދީ އެ ކަމުން ރައްކާތެރިވުމަށް އަމުލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ރައްޔިތުން ކުށުގެ ޝިކާރައަކަށްވުމުގެ ކުރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
![](/uploads/2_01f24a4997.jpg)
އޭގެ އިތުރުން، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކާގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނެއިބަހުޑް ޕޮލިސިންގ ފަލްސަފާގެ ތެރެއިން ރައްޔިތުން ހޭލުންތެރިކުރުމަށް ފަރެސްމާތޮޑާ އަވައްޓެރި ފުލުހުންގެ ކޮމިއުނިޓީ ވައިބަރ ގްރޫޕެއް އެކުލަވާފައިވެއެވެ. އެ ވައިބަރ ގްރޫޕް މެދުވެރިކޮށް، ރައްޔިތުން ހޭލުންތެރިކުރުމުގެ އެކި މައުލޫމާތުތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.