ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިޢުލާނުކުރުން
19 ސެޕްޓެމްބަރ 2022ފ. ނިލަންދޫ ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައިގެ ތަހުގީގަށް ދެމީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އެދެމީހުން އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ސ. ފޭދޫ / ޒަބަރުޖުދުގެ، ޝިފާން މުޙައްމަދު (23އ)
އައިޑީކާޑު ނަންބަރު: A342542
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ގއ. ކަނޑުހުޅުދޫ / ނިއުޒިލް، ޝިހާނު އަޙްމަދު (23އ)
އައިޑީކާޑު ނަންބަރު: A340125
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައާ ގުޅިގެން ސުވާލުކުރުމަށް/ މަޢުލޫމާތު ސާފުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް، 2022 ސެޕްޓެމްބަރު 26 ވަނަ ދުވަހުގެ 10:00 އަށް،
މިމީހާއާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ފ. ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791814 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.