ގެމަނަފުށީ ޒުވާނުންނަށާއި ސްކޫލު ދަރިވަރުންނަށް ހިންގި ވޮލީ ކޯޗިންގ ކޭމްޕް ނިންމާލައިފި
25 ސެޕްޓެމްބަރ 2022ޕޮލިސް ކުލަބާއި ގއ. ގެމަނަފުށި ޕޮލިސް ސްޓޭޝަނާއި އެރަށު ކައުންސިލާއި ސްކޫލު ގުޅިގެން އެރަށުގެ ޒުވާނުންނާއި ސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގި "ބުލޫސް ވޮލީ ކޯޗިންގ ކޭމްޕް " ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ސެޕްޓެމްބަރ މަހުގެ 22 ވަނަ ދުވަހުގެ ރޭ ގެމަނަފުށީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ޕޮލިސް ކުލަބުގެ ރައީސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރަޝީދުއެވެ.
ސެޕްޓެމްބަރ މަހުގެ 6 ން 22 އަށް ކުރިއަށް ގެންދިޔަ ވޮލީ ކޯޗިންގ ކޭމްޕަކީ ދެމެހެއްޓެނެވި ގޮތެއްގައި ވޮލީ ކުޅޭނެ ކުޅުންތެރިން އުފެއްދުމުގެ މަގްސަދުގައި ޕޮލިސް ކުލަބާއި ގެމަނަފުށި ޕޮލިސް އާއި ގެމަނަފުށި ކައުންސިލް އަދި ސްކޫލު ގުޅިގެން ހިންގި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ވޮލީބޯޅަ ކުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ވޮލީބޯޅައިގެ ގަވާއިދާއި ކުޅުމުގެ ހުނަރުތައް ބައިވެރިނަށް ދަސްކޮށްދީފައިވެއެވެ.
މި ކޭމްޕުގައި ގެމަނަފުށީ ދެ ޖިންސުގެ ޒުވާނުންގެ ތެރެއިން 35 ބައިވެރިންނާއި ގެމަނަފުށީ ސްކޫލް ގުރޭޑް 7 އިން ފެށިގެން މަތީ ގުރޭޑް ތަކުން 113 ދަރިވަރުން ބައިވެރިވެ ލިޔުން ހާސިލްކޮށްފައިވެއެވެ.