ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޝަން ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
13 އޮކްޓޯބަރ 2022![](/uploads/10_9a86ab623d.jpg)
ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ ގުޅިގެން ކުރިއަށް ގެންދިޔަ ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
![](/uploads/11_e145635346.jpg)
އެކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލްއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަލްއުސްތާޒް އާދަމް ޝާމިލް ދެއްކެވި ވާހަކަ ފުޅުގައި، ރާއްޖޭގައިވެސް މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާކަމާއި މިފަދަ މައްސަލަތައް މަދުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރާ އަދި ތަހުގީގުކުރާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
![](/uploads/12_5e61b2439d.jpg)
އޮކްޓޯބަރ 9 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކޮރަޕްޝަނަކީ ކޮބައިކަން، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި ކޮރަޕްޝަން ކޮންމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި ޕްރޮސެކއިުޓަރ ޖެނެރަލް އޮފީސް ހިމެނޭހެން 44 މުވައްޒަފުން ބައިވެރިވިއެވެ.