ވިސާ ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި މީހަކު ހޯދަނީ
23 އޮކްޓޯބަރ 2022
މަތީގައިވާ ވީޑިއޯއިން ފެންނަ މަގުމައްޗަށް ގެއްލުނު ދަބަހެއްގެ ތެރޭގައި އޮތް ވިސާ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރުމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެކެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ. މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.