ޚަބަރު

ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި

14 ނޮވެމްބަރ 2022

ޅ. ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންނަށް ސެކިއުރިޓީ އޮފިސަރސް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

 

އެ ޕްރޮގްރާމްގައި، ސެކިއުރިޓީ އޮފިސަރުންނަކީ ކޮބައިކަން، ޒިންމާތައް އަދި ސެކިއުރިޓީ އޮފިސަރުންގެ ގަވާއިދުތަކުގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން، ޕެޓްރޯލިންގ އަދި ޑިއުޓީގެ ރިޕޯޓް ލިޔުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން އިމަޖެންސީ ހާލަތްތަކުގައި އަމަލުކުރާނެ ގޮތުގެ ހާދިސާއެއް ތައްޔާރުކޮށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޓީމް ބިލްޑިންގ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި މަހު 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގެ 20 މުވައްޒަފުން ބައިވެރިވިއެވެ.

 

އެ ޕްރޮގްރާމުގައި މައުލޫމާތު ހިއްސާކޮށްފައިވަނީ ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނެވެ.