ފުލުހުންގެ ބެލުމުގެދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ
24 ނޮވެމްބަރ 2022
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.
މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:
ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަން
ސެޕްޓެމްބަރ 6 ވަނަ ދުވަހު ވިލިނގިލިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ބޯޝް ބްރޭންޑުގެ ދެ ގްލޭންޑަރާއި ސޭންޑަަރެއް. އިންސިޑެންޓް ނަންބަރ 533302
މި ތަކެތީގެ ވެރިފަރާތުން 9792109 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
މާފަންނު ޕޮލިސް ސްޓޭޝަން
އޮގަސްޓް 26 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ މަކީޓާ ބްރޭޑްގެ ގްރޭންޑަރެއް. ކޭސް ނަންބަރ LC2022/08999
ނޮވެމްބަރ 15 ވަނަ ދުވަހު ޓެނިސްކޯޓު ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ޓީސޯޓް ބްރޭންޑުގެ އަތުކުރީ ގަޑިއެއް. އިންސިޑެންޓް ނަންބަރ 539786
ނޮވެމްބަރ 15 ވަނަ ދުވަހު ކަނބާއައިސަރަނި ހިނގުމުން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 50 ރުފިޔާ. އިންސިޑެންޓް ނަންބަރ 539866
ނޮވެމްބަރ 21 ވަނަ ދުވަހު އަރަބިއްޔާ ސްކޫލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 100 ރުފިޔާ. އިންސިޑެންޓް ނަންބަރ 540409
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.
ގަލޮޅު ޕޮލިސް ސްޓޭޝަން
ނޮވެމްބަރ 10 ވަނަ ދުވަހު ޓީވީއެމް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އައިފޯނު 7 ޕްލަސްއެއް. އިންސިޑެންޓް ނަންބަރ 539637
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.