ޚަބަރު

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެކި ދާއިރާއިން 3625 ފުލުހުން ތަމްރީނުކޮށްފައިވޭ

17 ނޮވެމްބަރ 2022

ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުންނަކީ މަސައްކަތަށް ގާބިލު އަދި މަސައްކަތުގެ ދާއިރާއިން ހުނަރާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސްދަނީ މަސައްކަތްކުރަމުންނެވެ

 

އެގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އިންސްޓިޓިއުޓް ފޮރ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް، މިހާރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގަމުންގެންދާ ޕްރޮގްރާމްތައް ހިމެނޭގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ތަފާތު 134 ތަމްރީން ޕްރޮގްރާމް ހިންގާފައިވެއެވެ. އެ ޕްރޮގްރާމްތަކުން 3625 މުވައްޒަފުން ތަމްރީނުވެފައިވެއެވެ. މި ތަމްރީނުތަކުގެ ތެރޭގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވިގެން ހިންގާ ކޯސްތަކުގެ އިތުރުން ސްކިލްސް ޑިވަލޮޕްމަންޓް ކޯސްތައް ހިމެނެއެވެ.

 

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކޮށްގެން ހިންގާފައިވާ ކޯސްތަކުގެ ތެރެއިން މާސްޓަރސް އޮފް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދެ ކޯސް ހިންގައި 37 ފުލުހުން ތަމްރީނުކޮށްފައިވެއެވެ. ޑިޕްލޮމާއިން ކްރިމިނަލް އިންވެސްޓިގޭޝަން ދާއިރާއިން ނުވަ ކޯސް މިހާރުވެސްދަނީ ހިންގަމުންދާއިރު އެ ކޯސްތަކުގައި 271 ފުލުހަކު ދަނީ ތަމްރީނުވަމުންނެވެ. ޑިޕްލޮމާއިން ފޮރެންސިކް އިންވެސްޓިގޭޝަންގެ ދާއިރާއިން 28 ފުލުހުން ތަމްރީނުވެފައިވާއިރު ޑިޕްލޮމާއިން ސެކިއުރިޓީ އެންޑް ރިސްކު މެނޭޖްމަންޓު ކޯހުގައި 27 ފުލުހަކު ދަނީ ތަމްރީނު ވަމުންނެވެ. އަދި ޑިޕްލޮމާއިން ލޯ އެންފޯސްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯހުން 27 ފުލުހުން އަދި ޑިޕްލޮމާއިން ޕޮލިސިންގެ ދާއިރާއިން 23 ފުލުހަކު ތައުލީމު ހާސިލުކޮށްފައިވެއެވެ.

 

މީގެ އިތުރުން ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމްގެ ތިން ޕްރޮގްރާމްގައި 71 ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. އަދި ސެޓްފިކެޓް ލެވެލް 4 ގެ 4 ކޯހުން 339 ފުލުހުންނާއި ސެޓްފިކެޓް ލެވެލް 3 ގެ 5 ކޯހުން 110 ފުލުހުންނާއި ޕޮލިސް އިނީޝިއަލް ޓްރޭނިންގ ކޯހުން 191 ފުލުހުން ދަނީ ތަމްރީންވަމުންނެވެ.

 

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ހިންގާފައިވާ ޖޫނިއަރ އޮފިސަރސް ކޮމާންޑް ކޯހުގެ ދެ ބެޗު ހިންގައި 59 ފުލުހުން ތަމްރީންކޮށްފައިވާއިރު. އިންސްޕެކްޓަރ ކޯހުން 50 ފުލުހުންނާއި ފަސްޓްލައިން ކޯހުގެ 9 ބެޗުން 278 ފުލުހުން ތަމްރީންކޮށްފައިވެއެވެ. އަދި ކުރުމުއްދަތުގެ ޕްރޮގްރާމްތަކުގެ 94 ޕްރޮގްރާމްގައި 2114 ފުލުހުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.

 

މީގެ އިތުރުން އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ފުލުހުންނާ ގުޅުންހުރި ތަމްރީނުތަކާއި ތަހުގީގު ދާއިރާގެ އިތުރުން  އެހެނިހެން ދާއިރާކުގެ ކޯސްތަކުގައިވެސް ފުލުހުން ބައިވެރިވެފައިވެއެވެ.