''ޒިންމާ'' ގެ ނަމުގައި ވިލުފުށީގައި ސެޝަނެއް ކުރިއަށް ގެންގޮސްފި
20 ނޮވެމްބަރ 2022
ވިލުފުށީ ސުކޫލް ގެ ގްރޭޑް 5،6،7 ގެ މުދައްރިސުންނާއި ބެލެނިވެރިންނަށް ހައްސަކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނަކައި ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަންގައި ޒިންމާދާރު ބެލެނިވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ދަރިންގެ އުޅުން ރަނގަޅު ކުރުމަށް ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދަރިން ބޮޑެތިވަމުން އަންނައިރު ބެލެނިވެރިން ޒިންމާދާރުވެ ދަރިންގެ ކަންކަން ރަނގަޅަށް ބަލަހައްޓާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އަދި ސްކޫލްގައި ކުދިން ހަރަކާތްތެރިވާއިރު އެ ކުދިންގެ ބެލެނިވެރިންނަކީ މުދައްރިސުން ކަމާއި ސްކޫލްގައި ކުދިން އުޅޭއިރު މުދައްރިސުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމާއި އަމިއްލަނަފްސަށް އަޅާލުމަށް މަސައްކަތްކުރާނެގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ޓީމްބިލްޑިގ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.
މި މަހު 19 ވަނަ ދުވަހު ވިލުފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި މުދައްރިސުންނާއި ބެލެނިވެރިން ހިމެނޭހެން 50 މީހުން ބައިވެރިވިއެވެ.