ޚަބަރު

ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ތ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންގޮސްފި

01 ޑިސެމްބަރ 2022

ތ. އަތޮޅު މަދަރުސާގެ ގްރޭޑް 7 އިން 12 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ގުރައިދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

 

ނޮވެމްބަރ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސެޝަނުގައި ޒިންމާދާރު ދަރިވަރެއްގެ ކިބައިގައި ހުންނަން ޖެހޭނެ ސިފަތަކާއި ދަރިވަރުންގެ ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ގާނޫނީ ގޮތުން ދަރިވަރުން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތުވެސް ދަރިވަރުންގެ އުމުުރާ ގުޅޭގޮތަށް ހިއްސާކޮށްފައިވެއެވެ.

 

އޭގެ އިތުރުން، އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމުގެ އިތުރުން ވަގުތަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

ސްކޫލް ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމުގެ މިފަދަ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުންދަނީ ހިންގަމުންނެވެ.