ޚަބަރު

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވާން އަންގައި އިއުލާނުކުރުން

12 ޖަނަވަރީ 2023

ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރަމެވެ.

 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި ގައުމު އަދި އުމުރު: ކަޝެމް، ބަންގްލަދޭޝް (25އ)

ޕާސްޕޯޓް ނަންބަރު: EG0299095

ހާޒިރުކުރެވޭ ހައިސިއްޔަތު: ވައްކަމުގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް / މައުލޫމާތު ސާފުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ޕޮލިސް، 2023 ޖަނަވަރީ 19 ވަނަ ދުވަހުގެ 10:00 އަށް